top of page

ފެނަކަ ކޯޕަރޭޝަންގެ އޮނިގަނޑު މުޅިން ބަދަލުކުރަނީ: މި އަހަރު ނިމުމުގެ ކުރިން ނިންމާނެ

ree

ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ އޮނިގަނޑު މުޅިން އަލުން ބައްޓަންކުރަން ނިންމައިފިއެވެ. މި ބޮޑު މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.


މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެމުންނެވެ. ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި އޮނިގަނޑަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ފެނަކައިން ވަނީ އެ ކޮމިޓީގައި ބުނެފައެވެ.


ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މިއަހަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ އުއްމީދު ކުރާ ކަމަށް ވެސް ފެނަކައިން ބުންޏެވެ. މި ބަދަލާއެކު ކުންފުނީގެ ހިންގުމަށާއި ހިދުމަތް ދިނުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page