top of page

. ދުންފަތުގެ ގާނޫނުގެ އިސްލާހަކީ ކުޅިވަރަށް ލިބުނު ބާރެއް: މިނިސްޓަރު ރާފިއު

ree

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހަކީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ބާރެއްކަމަށް ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުގެ ސަބަބުން މުސްތަގުބަލުގައި ދުޅަހެޔޮ އަދި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، 2007 ވަނަ އަހަރު އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކުރުމުން، ޒުވާން ކުޅުންތެރިންތައް ދުންފަތުގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެ، އެ ކުޅުންތެރިންގެ ހުނަރު އެންމެ މަތީ ފެންވަރުގައި ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ދުންފަތުގެ ސަބަބުން ނޭވާލާ ނިޒާމަށް ކުރާ އަސަރުގެ ސަބަބުން، ޕްރެކްޓިސްތަކުގައި ފުރިހަމައަށް ބައިވެރިނުވެވުމާއި، އަދި ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާތަކުން އަވަހަށް ރަނގަޅުވުމަށް ހުރަސްއެޅޭ ކަމަށާއި، މި އިސްލާހާއެކު އެ ހުރަސްތައް ނެތިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އިސްލާހަކީ ދިގު މުއްދަތަށް ބަލާއިރު، ދިވެހި ކުޅިވަރުގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބްތަކުންވެސް މިކަމަށް ތާއީދުކުރާކަން ފާހަގަކުރައްވައި، ކުޅިވަރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޭނުންވާ މުއްދަތު މިހާރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page