top of page

ދައުލަތުގެ ހަރަދު 15.3 ޕަސަންޓު ދަށްވެ، ބަޖެޓް 186.7 މިލިއަނުން ސާޕްލަސް ވެއްޖެ




ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކ, މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅާ ބަލާއިރު ދައުލަތުގެ ހަރަދު 15.3 ޕަސަންޓު ދަށްވެ, ބަޖެޓް 186.7 މިލިއަން ރުފިޔާއިން ފައިދާ ވެއްޖެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ, މި އަހަރު މިހާތަނަށް ޖުމްލަ 30.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދައުލަތުގެ ހަރަދުތައް ދަށްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ކެޕިޓަލް ހަރަދު 58.1 ޕަސަންޓުން ދަށްވުމެވެ. މީގެ އިތުރުން ރިކަރަންޓް ހަރަދުވެސް ވަނީ 0.2 ޕަސަންޓުން ދަށްވެފައެވެ. ނަމަވެސް, ކުރިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހުނު އިންޓަރެސްޓް އިތުރުވުމުގެ ސަބަބުން, ލޯނު އަނބުރާ ދެއްކުމަށް ކުރި ހަރަދު 118 ޕަސަންޓު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page