ދެވަނަ ކުއާޓަރުގައި ގައުމުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އެމްއެމްއޭ
- ބްރަސްތާ
- Oct 31
- 1 min read

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެ އޮތޯރިޓީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އިގްތިސާދީ ގިނަ ހަރަކާތްތަކެއް ވަނީ މި މުއްދަތުގެ ތެރޭގައި ވަރުގަދަވެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ޓޫރިޒަމްގެ ދާއިރާއިންނެވެ. މިދިޔަ އަހަރުގެ ހަމަ މި މުއްދަތާ އަޅާބަލާއިރު ޓޫރިސްޓުން އަންނަ މިންވަރު ވަނީ 16 ޕަސަންޓު އިތުރުވެފައެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތުން ވެސް ވަނީ އިގްތިސާދަށް ބާރު ލިބިފައެވެ. އެގޮތުން، މަސް ގަންނަ މިންވަރު ވަނީ ރިކޯޑު 101 ޕަސަންޓަށް އިތުރުވެފައެވެ.
ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން، އިމާރާތް ކުރުމާއި ރިއަލް-އެސްޓޭޓްގެ ދާއިރާއިން ވެސް އިގްތިސާދީ ހަރަކާތްތައް ފުޅާވެފައިވާ ކަމަށް އެމްއެᠮްއޭއިން ފާހަގަކުރެއެވެ. މި ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއެކު ދެވަނަ ކުއާޓަރުގައި ގައުމުގެ އިގްތިސާދު ވަނީ ވަރުގަދަވެފައެވެ.






Comments