top of page

ދެ ދުވަސްތެރޭ ދެ މަރު: ކުޅުދުއްފުށީގައި އަނެއްކާވެސް މަރުވެފައިވާ މީހަކު ފެނިއްޖެ



ree

ކުޅުދުއްފުށީ ސިޓީގައި އަނެއްކާވެސް މަރުވެފައިވާ މީހަކު ފެނިއްޖެއެވެ. މިއީ ދެ ދުވަހުގެ ތެރޭގައި ފެނުނު ދެވަނަ މަރެވެ.


ކުޅުދުއްފުށީ ފަޅުތެރެއިން މިއަދު ފެނުނު މަރުވެފައިވާ މީހާއަކީ އެ ރަށު ޑެއިޒީފެހި، 36 އަހަރުގެ މުހައްމަދު ހަސަނެވެ. އޭނާގެ ހަށިގަނޑު ފެނުނުކަން ފުލުހުންނަށް ރިޕޯޓުކުރެވުނީ މިއަދު ހެނދުނު 8:17 ގައެވެ.


ފުލުހުން ބުނިގޮތުގައި މުހައްމަދު ހަސަންގެ ހަށިގަނޑު ވަގުތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައެވެ.


މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، މުހައްމަދު ހަސަންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


މީގެ އިތުރުން، އިއްޔެ ނ. ހޮޅުދޫގައި "މަރާލާފައި އޮތް" އަންހެނަކު ފެނުނު މައްސަލައެއްވެސް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page