ދޮގު މަޢުލޫމާތު ފަތުރައި ކުޑަކުދިންގެ ތަޢުލީމަށް ހުރަސްއެޅުމަކީ ނުރަނގަޅު ކަމެއް: ވަޒީރު ސަޢީދު
- Ministry Badhige
- Aug 24, 2024
- 1 min read

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ، ކުޑަކުދިންގެ ތަޢުލީމީ މުސްތަޤުބަލަށް އަސަރުކުރާ ގޮތަށް ދޮގު މަޢުލޫމާތު ފެތުރުމަކީ ތަހުޒީބީ މުޖުތަމަޢުއަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ފާޑުކިޔުންތަކަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، އަމިއްލަ ދަރިފުޅުގެ ތަޢުލީމީ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް ދޮގު ވާހަކަތައް ފެތުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ވަޒީރުގެ 4 އަހަރުގެ ދަރިފުޅާ ގުޅޭ ގޮތުން ފެތުރުނު ބައެއް މަޢުލޫމާތުތަކާ ގުޅިގެންނެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ ޢަމަލުތަކަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސުލްޙަވެރިކަމަށް ގެއްލުން ލިބޭނެ ކަންކަން ކަމަށެވެ.






Comments