ތާރީހުގެ ތެރެއިން ދިވެހި އިގްތިސާދުގައި އަންހެނުންގެ ދައުރު
- Ministry Badhige
- Oct 25
- 1 min read

ދިވެހިރާއްޖޭގެ ތާރީހަށް ބަލާއިރު، ގައުމުގެ އިގްތިސާދީ ކުރިއެރުމުގައި އަންހެނުން އަބަދުވެސް މުހިންމު އަދި ވަރުގަދަ ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ. މުޖުތަމައުގެ އޮނިގަނޑު ފިރިހެން މ ނިޒާމެއްގެ މައްޗަށް ބިނާވެފައި އޮތް ނަމަވެސް، އިގްތިސާދީ މަސައްކަތްތަކުން އަންހެނުން ބާކީކޮށްފައެއް ނުވެއެވެ.
އިހު ޒަމާނުއްސުރެ ދިވެހި އަންހެނުން ވަނީ ގޭތެރޭގެ އިގްތިސާދީ މަސައްކަތްތަކުގައި ފިރިހެނުންނާ އެއް ހަމައެއްގައި ހަރަކާތްތެރިވެފައެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑެވެ. މަސްވެރިން ބާނާ މަސް، ދޮވެ، ކައްކައި، ހިއްކައި، އަދި ރިހާކުރު ފަދަ ބާވަތްތައް އުފައްދައި، އެތަކެތީގެ ވިޔަފާރި ކުރުމަކީ އަންހެނުން އިސްނަގައިގެން ކޮށް އުޅުނު މުހިންމު މަސައްކަތްތަކެކެވެ.
ވިހިވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން އަންހެން ކުދިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ފުޅާވެގެން ދިއުމާއެކު، އަންހެނުންގެ އިގްތިސާދީ ދައުރު އިތުރަށް ވެގެން ދިޔައެވެ. ތައުލީމުގެ ސަބަބުން، ހަމައެކަނި ގޭތެރޭގެ މަސައްކަތްތަކަށް ަވުމުގެ ބަދަލުގައި، އެހެނިހެން ދާއިރާތަކުން ވެސް ފުރުސަތުތައް ހޯދުމަށް މަގުފަހިވެ، މިއަދު ގައުމު ބިނާކުރުމުގެ އެކި ދާއިރާތަކުން އަންހެނުންގެ ހިއްސާ ފެންނަމުން ދެއެވެ.






Comments