top of page

ގެދޮރުވެރިޔާ ސްކީމުގެ ނަމުގަ ސްކޭމެއް

ree

ގެދޮރުވެރިޔާ ސްކީމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމަކަށް އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މިއީ މެސެޖުތަކެއް ފޮނުވައިގެން މީހުންގެ ބޭންކް އެކައުންޓުތައް ހުސްކުރުމަށް ހިންގާ ސްކޭމެކެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، ސްކޭމަރުން އާންމުންނަށް ފޮނުވާ މެސެޖެއްގައި ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނާ ކަމަށެވެ. އަދި ފޯމު ލިބޭނެ ކަމަށް ބުނެ އެ މެސެޖުގައި ފިޝިން ލިންކެއް ހިމަނާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ލިންކަށް ފިތާލުމާއެކު، ސްކޭމަރުންނަށް އެމީހެއްގެ ޖީމެއިލް އެކްސެސްވެ، އިންޓަނެޓް ބޭންކިންއަށް ބޭނުންވާ އޯޓީޕީ ހޯދައެވެ. އޭގެ ފަހުން އެމީހެއްގެ ބޭންކް އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ވަގުތުން ނަގާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންކަމުން މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އަންގާފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page