ގޭތެރޭގެ ހަނގުރާމަ ދޭތެރެއިން ނިންމަމާ ހިނގާށެވެ.!!
- Mariyam Rasheedha

- Oct 19
- 1 min read

އަޅުގަނޑުމެންގެ މުޖުތަމަޢު ގައި އާއްމު ގޮތެއްގައި ދިރިއުޅުމެއް ގެ ބިންގާ ދެމަފިރިއެއްގެ ދެމެދުގައި އެޅިގެން ދަނީ އެތައް ދުވަހަކު "ރައްޓެހިވެގެން"ވަގުތު ތަކެއް އެކީ ހޭދަ ކޮއް އެކަކު އަނެކެއް ، އެއް ޢާއިލާ އަނެއް އާއިލާގެ ގެ މީހުން ދަސްވެ އެކުވެރި ވުމަށް ފަހު ގައެވެ. ޒަވާޖީ ހަޔާތުގެ ދުވަސްތައް ފާއިތުވަމުން ގޮސް ދެމަފިރިންގެ އެންމެ ބޮޑު އުފާ ކަމަށްވާ ދަރިން ލިބުމަށްފަހު ދެމީހުންގެ އުޅުމާއި ވައްޓަފާޅި އަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދެމަފިރިންގެ މެދުގައި ބައެއް ފަހަރު އަރާރުން ތަކާއި ދެބަސްވުންތައް ގިނަވެ ކައިވެނި ރޫޅި ދަރިން ބިކަވާ ހާލަތު މެދުވެރި ވެއެވެ. ހަމަ އެހެންމެ ދެ ފަރާތުގެ އާއިލާގެ މެދުގައި ނަފްރަތާ ރުޅިވެރިކަން އުފެދި މިތުރުން ހަތުރުން ނަށް ވެގެން ދެއެވެ.
ވަރިވާ ނުވަތަ ވަރިކުރާ އަންހެން މީހާ ގެ ދަރިން ތިބެ އެ ދަރިން ގެ ހަރަދު ފިރިހެންމީހާ ނުދޭން ފެށުމުން ކޯޓް ތަކުން މައްސަލަ ނިންމުމުގެ ބަދަލުގައި މިހާރަކަށް އައިސް ފެންނަނީ ސޯޝަލް މީޑިއާގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވެމުން ދާ ތަނެވެ. އަންހެން މީހާ ފިރިހެން މީހާގެ އަގު ވައްޓާލުމަށް ނުވަތަ ފިރިހެން މީހާ އަންހެން މީހާގެ އަގު ވައްޓާލާ ފަޞީހަތް ކޮއްލުމަށް މަސައްކަތް ކުރަމުން ދާ ތަނެވެ. ދެމީހުންގެ ކައިވެނީގެ ދުވަސްވަރު ދެކެވިފައި ހުންނަ ސިއްރު ވާހަކަ ތަކާއި ނެގިފައި ހުންނަ ޕްރައިވެޓް ފޮޓޯތައް އެއީ ރައްޔިތުން ގެ މުނިފޫހި ފިލުވާލަން ބޭނުން ކުރެވޭ އެއްޗަކަށް ވާތަންވެސް ފެންނަމުން އެބަ ދެއެވެ. މިއީ މިކަން ހަމަ އޮންނަން ޖެހޭ ގޮތާ ބާވައެވެ؟؟
ވަރިވުމަށް ފަހު ނުވަތަ ވަރިކުރުމަށް ފަހު ލިބިފައިވާ ދަރިންގެ މަންމަ ނުވަތަ ބައްޕަގެ އެއްވެސް އިއްޒަތެއް ،އަބުރެެއް ނުވަތަ ކަރާމަތެއް ނެތި ބާވައެވެ. އަޅުގަނޑުމެންގެ ދަރިންގެ ކުރިމަތީ މިފަދަ ލަނގިރި ތައް ޖަހާ ތަމްސީލްތައް ކުޅެމުން ދާއިރު އެ ދަރިންނަށް މިކަމުން ކުރާނެ އަސަރާއި ދަރިންނަށް ދަސްވާނެ ފިލާވަޅަކާ މެދު ފިކުރު ކޮއްލަނީ ކިތައް މަންމަ ނުވަތަ ބައްޕަ ބާވައެވެ.
ދަރިން ލިބުމަށް ފަހު ކައިވެނި ރޫޅުނަސް އެކުދިން ނަށް ދެފަރާތުގެ އާއިލާ އާއި މަންމަ އާއި ބައްޕަގެ ލޯތްބާއި ހިމާޔަތާ ރައްކާތެރިކަން ބޭނުންވާނެއެވެ. މި ފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ދަރިންގެ މުސްތަގުބަލާއި މިހާރު ހަލާކުވެގެން ދާނެ ކަމީ ޝައްކެއްވެސް ހުރި ކަމެއް ނޫނެވެ.
މީ އަޅުގަނޑުމެން މައިންބަފައިން ނާއި މުޅި މުޖުތަމައު ވިސްނަން ވެއްޖެ ކަމެކެވެ.






Comments