ޑިންގީއެއްގައި ބަޔަކު ނ. އަތޮޅު ރަށްތަކަށް އަރައި ބިރު ދައްކަނީ
- ބްރަސްތާ
- Nov 9
- 1 min read

އަތޮޅުގެ ބައެއް ރަށްރަށަށް ފަސް މީހުންގެ ގްރޫޕެއް ޑިންގީއެއްގައި ގޮސް، އެ އަތޮޅު ވެލިދޫއަށް ދަތުރުނުކުރުމަށް އިންޒާރުދީ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މިކަމުގެ ސަބަބުން އަތޮޅުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ގްރޫޕުން ދަނީ ޑިންގީއެއްގައި އަތޮޅު ތެރޭގައި ދަތުރުކޮށް، އެކި ރަށްރަށަށް އަރައި އެރަށްރަށުގެ މީހުންނާ ވާހަކަ ދައްކައި ޒުވާބު ކުރަމުންނެވެ. އެމީހުންގެ މައިގަނޑު މަގުސަދަކީ ވެލިދޫއަށް އެހެން ރަށްރަށުގެ މީހުން ދަތުރުކުރުން ހުއްޓުވުން ކަމަށް ބެލެވެއެވެ. މިއަދުވެސް މި ގްރޫޕުން ވަނީ މި އަމަލު ތަކުރާރުކޮށްފައެވެ.
އަތޮޅުގެ އާންމު ހާލަތަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާތީ، މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ޑިންގީގައި އައި މީހުން ވަނީ ވަރަށް ސާފުކޮށް ވެލިދޫއަށް ނޭރުމަށް އިންޒާރު ދީފައިވާ ކަމަށާއި، މިކަމާ ގުޅިގެން ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ.






Comments