top of page

ޑުރަގު ބޮޑު ވިޔަފާރިއެއްގައި ހިމެނޭ މީހަކު ހައިކޯޓުން ދޫކޮށްލައިފި

ree

ުޑުރަގުގެ ބޮޑު ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކުރި ފާއިޒް އި ްރާހިމް، ދ. ުވަދޫ، ީ ވިލާގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އޭނާ ދޫކޮށްލައިފިއެވެ. ފާއިޒްގެ މައްޗަށް ދައުވާކުރީ 1.9 ކިލޯގެ ހެރޮއިން ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.

ފާއިޒް ހައްޔަރުކޮށްފައިވަނީ ޖުލައި 13، 2023 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ތަހުގީގު މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް، ފާއިޒްގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ ގާނޫނީ މުއްދަތު ހަމަވުމަށްފަހު ދައުވާ ކުރުމަށް ފުލުހުން ފޮނުވުމުންނެވެ. ޑްރަގާބެހޭ ގާނޫނުގައިވާ ގޮތުން، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރާތާ 30 ދުވަހުގެ ތެރޭގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހެއެވެ. އެކަމަކު ފުލުހުން މި މައްސަލަ ފޮނުވާފައިވަނީ އޮގަސްޓް 22، 2023 ގައެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުންވެސް ގަބޫލުނުކޮށް، ހައި ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page