top of page

ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރާނެ ކަމަށް ގަފޫރު ވިދާޅުވެއްޖެ


ree

ޑޮލަރުގެ އަގު 22 ރުފިޔާއަށް މައްޗަށް ދާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ސަރުކާރުން ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާ ލޯނެއްގެ ގޮތުގައި ނަގައި ފައިސާ ޗާޕުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ގަފޫރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާ ނަގައި، އެ ފައިސާ ދިގު މުއްދަތުގެ ލޯނަކަށް ބަދަލުކުރުމަށެވެ. މިއީ ސީދާ ފައިސާ ޗާޕުކުރުން ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު އުފުލިގެން ދިއުން ނޫންކަމެއް ނުވާނެ ކަމަށް އޭނާ ސިފަކުރެއްވިއެވެ. "މާދަމާ ޑޮލަރުގެ އަގު 22އަށް އަރާނެ މިކަން ކުރީމާ،" ގަފޫރު ވިދާޅުވިއެވެ.

ގަފޫރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ޑްރޯން ގެންނަމުންދާ ކަމަށެވެ. ކަރަންޓު ބިލާއި ފެން ބިލު ބޮޑުވެ، އާސަންދައިގެ ހިދުމަތް ރަނގަޅަށް ނުލިބި، ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ ކަމަށާއި، މިގޮތަށް ކަންތައްތައް ކުރާނަމަ 'ނިމުން ހިތިވާނެ' ކަމުގެ އިންޒާރުވެސް ގަފޫރު ދެއްވިއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page