top of page

ޕެންޝަން އޮފީހުން ފަޖުވާ ވަކިވެވަޑައިގަތުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ

ree

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ފަޖުވާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އިސްތިއުފާ އަކީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހަދާ ޓެކްނިކަލް މުވައްޒަފުންނަށް ކުރިމަތިވަމުން އަންނަ ޕްރެޝަރުގެ ނަތީޖާއެކެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާ ކުރަމުން އަންނަ ޕޯސްޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުންތަކާ، ހާއްސަކޮށް ފައިސާ ޗާޕުކުރުމާ ދެކޮޅު ހަދާ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކައި، މަގާމުން ވަކިކުރަމުން އަންނަނީއެވެ. އަދި ދައުލަތުގެ އެކި ދާއިރާތަކުގައި ތިބި ޓެކްނިކަލް އިލްމު ލިބިފައިވާ މުވައްޒަފުން މަޖުބޫރުން ވަޒީފާ ދޫކޮށްލަން ޖެހޭފަދަ ހާލަތެއްގެން އުޅޭ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި ސަރުކާރުން ތައުލީމަށް އަހައްމިއްޔަތުކަމެއް ނުދޭ ކަމަށާއި، ޒުވާން ޖީލަށް ދައްކައިދެމުން އަންނަނީ ނުބައި ނަމޫނާއެއް ކަމަށްވެސް އެ ޕޯސްޓުގައި ފާޑުކިޔާފައިވެއެވެ. ފަޖުވާ ފަދަ ތަޖުރިބާކާރު ބޭފުޅަކު އިސްތިއުފާ ދެއްވުމަކީ މިފަދަ ތުހުމަތުތަކަށް ބާރު ލިބޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page