ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި މާލޭގެ ޓީޗަރު 30 ދުވަހަށް ބަންދުކޮށްފި
- ބްރަސްތާ
- Oct 24
- 1 min read

ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން ހައްޔަރުކުރި މާލޭގެ ފިރިހެން ޓީޗަރެއްގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުގެ އަމުރާ އެކު އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި 30 ދުވަހުގެ މުއްދަތަށެވެ. މި ސީރިއަސް މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.






Comments