ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
- Ministry Badhige
- Feb 10, 2024
- 1 min read

ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި, ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް, އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިން ކޮމެޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ, ލީ ޗިއާންގއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޮނުއްވި މެސެޖުގައި ޗައިނާގެ ރައީސަށާއި ޗައިނާގެ ސަރުކާރަށާއި, ޗައިނާގެ އެކުވެރި ރައްޔުތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވިއެވެ. މީގެ އިތުރުން ޗައިނާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި. މި ގުޅުން ބިނާވެފައިވަނީ ދެގައުމުގެ މެދުގައި އުފެދިފައިވާ އިހްތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރު އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ, ލީ ޗިއާންގއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހޫނު މަރުހަބާއެއް ދަންނަވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދިމިތިބޭނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
މި ދެ މެސެޖު ނިންމާލަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޗައިނާގެ ރައީސަށާ, ޕްރިމިއާ އަށާއި , ޗައިނާގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި އުވާފެރިކަމާއި ދެމެހެއްޓެނިވި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.






Comments